ތިނޯހެއް ޖައްސާލައިގެން ޚިތާނުކުރާތީ ކަންބޮޑުވި މީހުން، ޖިންސް ބަދަލުކުރުމާ ހަނު ތިބޭތީ ޑރ. އިޔާޟް ކަންބޮޑުވުން ފައުޅުކުރައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ތިނޯހެއް ޖައްސާލައިގެން ޚިތާނުކުރާތީ ކަންބޮޑުވި މީހުން، ޖިންސް ބަދަލުކުރުމާ ހަނު ތިބޭތީ ޑރ. އިޔާޟް ކަންބޮޑުވުން ފައުޅުކުރައްވައިފި!

އަންހެން ކުދިން ޚިޠާން ކުރުމަކީ އިސްލާމް ދީނުގައި އޮތް ކަމަކަށްވާއިރު ތިނޯހެއް ޖައްސާލައިގެން ޚިތާނުކުރީމާ ކަންބޮޑުވާ މީހުންނާއި މުއައްސަސާތަކުން ދިވެހި އަންހެނަކު ޖިންސް ބަދަލުކޮށް ފިރިހެނަކަށްވުމުން ބަހެއް ނުބުނާތީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ. 

އެކަމަށް ކުރެއްވި ތްވީޓްހައި ޓެގްކުރައްވާފައިވަނީ ރައީސް މައުމޫން، ރައީސް މައުމޫނުގެ ދަރިކަލުން ދުންޏާ މައުމޫން، ރައްޔިތުންގެ މަޖިލިސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އިސްލާމިކް މިނިސްޓްރީ އަދި ޖެންޑަރ މިނިސްޓްރީއަށެވެ. 

"ދީނުގަ އައިސްފައިވާ ޚިތާނުކުރުމަށްވުރެ މިކަންވެސް ރަނގަޅީތޯ؟ މިކަމަކީ އިސްލާމް ދީނުގަ ހުއްދަ ކަމެއް ނޫންވީމަ ބަހެއް ނުބުނީތޯ؟" ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ. 

ޑރ. އިޔާޟް ވިދާޅުވެފައި އެވަނީ ރާއްޖޭގައި މިހާރު އޮތީ އިސްލާމް ދީނުގެ ޙައްޤުގައި ބަސް ބުނުމުން ފިޔަވަޅު އެޅުމާއި ހަރާމްކަންކަން ކުރުމުން ހިތްވަރުދިނުން ކަމެވެ. ޙަރާމް ކަންކަން ކުރުމުން އެކަމާ ބަސް ނުބުނެ ތިބުމަކީ އެކަމަށް ރުހިގެން ތިބޭ ކަމުގެ ދަލީލެކެވެ. 

 

މިއަދު އޮންލައިން