މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 73 މީހުން! މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 14 މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 73 މީހުން! މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 14 މީހުން!

ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވީ 73 މީހުންނެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް ޖުމްލަ 73 މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 14 މީހުންނެވެ. 

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 170 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 6715 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 72678 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 75405 އަށް އަރައިފައެވެ. މި ބައްޔަށް 2501 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 16 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 214 މީހުންނެވެ.

މިއަދު އޮންލައިން