ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވީ 90 މީހުންނެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް ޖުމްލަ 90 މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 23 މީހުންނެވެ.
އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 55 މީހުންނެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 7012 އެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 72118 އަށް އަރައިފައެވެ. މިއަދު މި ބަލިން ރަނގަޅުވީ 241 މީހުންނެވެ.
މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 74993 އަށް އަރައިފައެވެ. މި ބައްޔަށް 2650 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 21 މީހުންނަށެވެ.
މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 213 މީހުންނެވެ.