"ކިތަންމެ ރީތިކޮށްގެން ވާހަކަ ދެއްކި ނަމަވެސް މިބިލް (ހިސާން ބިލް)ގެ މަޤްޞަދަކީ ވަރަށް ބޮޑު އޮޅުވާލުމެއް. މިއީ ރާއްޖެއަކީ ސެކިޔުލާ ޤައުމަކަށް ހަދަން ކުރާ މަސައްކަތެއް. އެކަމަށް މަގުފަހިކުރަން ފާސްކުރަން އުޅޭ ބިލެއް."
"ކޮބައިތޯ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ؟ ހައްޔަރުކޮށްފަ އެތިބީ ދީނީ މީހުންތޯ؟ އެއީ ސިޔާސީ ގޮތުން އައި މަރެއް ނޫންތޯ؟ ކޮބައިތޯ މަގުމަތިން މީހުން މެރުން؟ ކޮބައިތޯ ގޭންގްތަކުން މީހުން މަރާ މައްސަލަތައް؟"
"ކަމެއް ފަށާއިރު އަންނާނީ ވަރަށް ނުރައްކާކޮށް.! މިއީ ރާއްޖެއަކީ ސެކިޔުލާރ ޤައުމަކަށް ހަދަން ކުރާ މަސައްކަތުގެ (އެންމެ ވަރުގަދަ) ފެށުން. ބުދަށް އަޅުކަންކުރުން ކިހިނެއްތޯ ފެށުނީ؟ ވަރަށް ޒާހިދު 5 އަޅުވެރިންގެ ނަމުގަ ބުދުހަދައިގެން ނޫންތޯ ފަށައިގަތީ؟ އެބުދުތައް ހެދީ ވަރަށް މާތް މަްްޞަދެއްގަ. އެއްގޮތަކަށްވެސް ބުދަށް އަޅުކަންކުރާކަށް ނޫން. އެއިގެ ގާތްގަނޑަކަށް 1000 ވަރަކަށް އހަރު ފަހުން ނޫހުގެފާނު ފޮނުއްވެވުނު އިރު މުޅި ދުނިޔެ އޮތީ ބުދަށް އަޅުކަންކުރާ ޙާލަތުގަ.
ނޫޙުގެފާނު ގޮވާލެއްވެވީ ބުދަށް އަޅުކަންކުރުން ހުއްތާލައި އިސްލާމްވުމަށް. އިޖާބަ ނުދިނުމުން އެންމެފަހުން ނޫޙުގެފާނު ދުޢާކުރެއވެވީ ކާފިރުންގެ ތެރެއިން ހަމަ އެކަކުވެސް ދުނިޔޭގައި ނުބެހެއްޓެވުމަށް. އެދުޢާ ޢިޖާބަ ކުރެއްވެވީ. ނޫޙުގެފާނުގެ ނައުކޮޅަށް އެރުނު މީހުން ފިޔަވައި އެންމެން ޣަރަޤުކުރައްވަވައި ނެތިކުރެއްވެވީ."
"ހުރިހާވެސް މައްސަލައަކީ އިސްލާމީ ޑިމްކްރަސީއެއް ނުގެނެސް ހުޅަނގުގެ ޑިމޮކްރސީއެއް ގެނައުން. ހުޅަނގުގެ ޑިމޮކްރަސީއަކީ އަބޫޖަހުލުމެންގެ ޒަމާނުގަވެސް އޮތް ޑިމޮކްރަސީއެއް. އެޒަމާނުގަ މައްކާގަ ތިބި 6 ޤަބީލާގެ މީހުން ބައިވެރިވެގެން މައްކާގަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުނު. ރިޔާސަތު ބެލެހެއްޓީ ނަޖުދުކަރައިގެ މާތް މީހެއްގެ ގޮތުގަ އައިސްއިން ޝައިޠޯނާ. 3 ގޮތަކަށް ހުށަހެޅުނު. 1 ރަސޫލް ރަށުން ބޭރުކޮށްލަން. 2 ގޭބަންދުކުރަން. އަވަހާރަކޮށްލަން. ޝައިޠޯނާ ތާއީދުކުރީ އަވަހާރަކޮށްލަން. ނިންމުން ތަންފީޒުކުރަން ރަސޫލް އަވަހާރަފުޅަށް އޮންނަވަނިކޮށް ގެކޮޅު ވަށައިލީ. އެކަން ﷲ ތަޢާލާ ބާޠިލް ކުރެއްވެވީ."
މިއީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ދެއްކެވި ވާހަކަފުޅުން ބައެކެވެ. އަޙްމަދު ސަލީމް ވަނީ މިމަކަރުވެރި ބިލް މަޖިލީހުގެ ތަޅުމުން ވަގުތުން ބޭރުކޮށްލަން ގޮވާލައްވައިފައެވެ.
އަޙްމަދު ސަލީމް އަކީ އިސްލާމް ދީނުގެ ކަންކަމުގައި ވަރަށް ސާބިތުކަމާއިއެކު މަޖިލީހުގައި ވަކާލާތުކުރައްވަމުންކަން ފާހަގަކުރެވެއެވެ.