ޢަދަދުވެސް ނޭނގޭހައި ގިނަ މަލާއިކަތުން ތިބާގެ ނަމުން ގޮވާލައްވާ އަޑުން އުޑުތައް ގުގުމާލަން ބޭނުން ހެއްޔެވެ؟: ޢުމަރު ސުލައިމާން

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޢަދަދުވެސް ނޭނގޭހައި ގިނަ މަލާއިކަތުން ތިބާގެ ނަމުން ގޮވާލައްވާ އަޑުން އުޑުތައް ގުގުމާލަން ބޭނުން ހެއްޔެވެ؟: ޢުމަރު ސުލައިމާން

އަހަރެމެން މިހާރުމިކުރާ ކަމަކީ ނަމާދު ނިމުމާއިއެކު އަވަސްއަވަހަށް ފައިބައިގެން ދިއުމެވެ. ގިނަ ބައަކު އެންމެ މަދުމިނުން ޛިކުރުކޮށްލައިގެން ދަނީއެވެ. އަނެއް ބައަކު ސަލާމް ދިނުމާއިއެކު އެއްވެސް މިންވަރަކަށް ޛިކުރުނުކޮށްވެސް ފައިބައިގެންދަނީއެވެ. 

އެހެން ނުހަދާށެވެ! އެންމެ ގިނަ ބައަކަށް މަޑުކޮށްލަން ފަސޭހަ ނަމާދެއް ބަލައި އެނަމާދަށްފަހު ޛިކުރުކޮށް، ރަވާތިބު ސުންނަތްކޮށް ނިމިގެން ހަމައެކަނި ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްލުމުގެ ބޭނުމުގައި މަޑުކޮށްލާށެވެ! 

މިސްކިތްތަކުގައި ތިބެ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީ ހާދަމަތިވެރި އަޅުކަމެކެވެ. މީސްތަކުން އެއްވެ ތިބެ ﷲ ތައާލާގެ މަތިން ހަނދުމަކޮށް ޛިކުރުކުރާ ނަމަ އެކަމަށް ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެން އެކަން ޖިބްރީލްގެފާނަށް އަންގަވަތެވެ. އަދި ހަމަ އެހިނދު ޖިބްރީލްގެފާނު އުޑުތަކުގައި އިޢުލާނު ކުރައްވަވައި އެތައް ޓްރިލިއަން ޓްރިލިއަން މަލާއިކަތުންނަށް އެކަން އަންގަވަތެވެ. އެހިނދު ތިބާގެ ނަން އެދަނީ އުޑުތަކުގައި އިއުލާނުކުރެވިގެންނެވެ. ﷲ ތައާލާ ލޯބިވެވަޑައިގަންނަވާ އަޅެއްގެ ގޮތުގައެވެ. 

އަހަރެމެން އުންމީދުކުރަންވީ އަހަރެމެން މިތިބަ މަޖިލީހުގައި ތިބި އެންމެންނަށްވެސް ﷲ ތަޢަލާގެ ލޯބިވެވޮޑިގަތުން ލިބި އުޑުތަކުގައި އަހަރެމެންގެ އެންމެންގެ ނަންނަތައްވެސް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންގެ ގޮތުގައި ޖިބްރީލްގެފާނު އިއުލާނުކޮށްދެއްވަވާނެ ކަމަށެވެ. 

- ޝައިޚް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން