މިއަދު ސަތޭކަ ފަސް މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު, މާލޭ ސަރަހައްދުން ޕޮޒިޓިވްވީ ތޭވީސް މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
މިއަދު ސަތޭކަ ފަސް މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު, މާލޭ ސަރަހައްދުން ޕޮޒިޓިވްވީ ތޭވީސް މީހުން!

ކޮވިޑް19 އަށް މިއަދު 105 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް ޖުމްލަ 105 މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 15 މީހުންނެވެ. 

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 129 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4200 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 71212 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 74585 އަށް އަރައިފައެވެ. މި ބައްޔަށް 3148 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 25 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 213 މީހުންނެވެ.

މިއަދު އޮންލައިން