މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ދިންކަން އެޗްޕީއޭގެ ލަފާގެމަތިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިޢްލާނުކުރައްވަމުން ވިދާޅުވީ ހުއްދަދެއްވަނީ ގައިދުރުކޮށް ނަމާދުކުރަން ކަމަށެވެ. އެޗްޕީއޭގެ ޕްރެޝަރަށް ނަމަވެސް އިސްލާމިކް މިނިސްޓްރީންވެސް ބުނެފައިވަނީ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރަން ހުއްދަ ދޭނީ ގައިދުރުކޮށް ނަމާދުކުރަން ކަމަށެވެ.
މިހާރުވެސް މިފެންނަނީ މިސްކިތްތަކުގެ ޖަމާޢަތުގައި ނަމާދުކުރާ މީހުންގެ ހިތުގައި ޖައްސައި ފުރައްސާރަކުރަން ވެކްސިން ޖެހުމުމުގެ ނަމުގައި ކިޔުތައް ގާތްގާތުގައި މީހުން ތިބެގެން ހަދައި ހިންގިފަދަ ދަށުދަރަޖައިގެ ހަޑިމުޑުދާރު ކަންކަން ހިންގަމުން ގެންދާތަނެވެ. ހަމައެކަނި ނަމާދުގެ ސަފުތައް ހަދަންވީމާ ޙަރަމްފުޅުގައި ނަމާދުކުރާ ފޮޓޯ ބަލައިގެން އަމުރުނެރެފައި އެނޫން ކަންކަމުގައި ، ޚާއްޞަކޮށް ހެލްތް މިނިސްޓްރީން ކުރާ ކަންކަމުގައި ގައިކައިރިކުރުމުގެ ސިޔާސަތަށް ޢަމަލުކުރުމުން އެނގިގެންދަނީ ސުންނަތާއި އެއްގޮތަށް ސަފުހަދައިގެން ނަމާދުކުރަން ސަރުކާރުން ހުރަސްއަޅަން ބޭނުންވާކަން ނޫން އެހެން ކޮންކަމެއްކަން ބުނެދެވޭނެ ސަރުކާރުގެ އިދާރާއެއް ހުރިނަމަ ބުނެދިނުން ރަނގަޅުވާނެކަމަށް ގިނަ ބައަކު ބުނެއެވެ.
ޙައްޤުބަސް ވިދާޅުވާ ދީނީ ޢިލްމުވެރިން ތިއްބެވީ ވަޒިފާއިން ވަކިކުރިނަމަވެސް ޞަލީބަށް އެރުވިނަމަވެސް ޙައްޤު ބަސްވިދާޅުވުމުގައި ސާބިތުވެވަޑައިގެންކަން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ މި ބަސްފުޅުންވެސް ހާމަވެއެވެ.
Mi thanugai safu hadhaafai mivany namaadhah noon veema OK dheththo? @HPA_MV @MVIaffairs pic.twitter.com/oK53EAyaYi
— Dr.Mohamed Iyaz (@dr_iyaz) July 6, 2021