ކޮވިޑް19 އަށް މިއަދު 127 މީހުން ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް ޖުމްލަ 127 މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 26 މީހުންނެވެ.
އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 150 މީހުންނެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4641 އެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 70889 އަށް އަރައިފައެވެ.
މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 74351 އަށް އަރައިފައެވެ. މި ބައްޔަށް 3237 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 21 މީހުންނަށެވެ.
މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 213 މީހުންނެވެ.