މިއަދު މާލެ ސިޓީން ޕޮޒިޓިވްވީ އެންމެ 11 މީހުން! އަލްޙަމްދުލިﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
މިއަދު މާލެ ސިޓީން ޕޮޒިޓިވްވީ އެންމެ 11 މީހުން! އަލްޙަމްދުލިﷲ

މިއަދު މާލެ ސިޓީން ޕޮޒިޓިވްވީ އެންމެ 11 މީހުންނެވެ! އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް މުޅި ރާއްޖެއަށް ބަލައިފިނަމަ ޓެސްޓްކުރި ޖުމުލަ 5266 ސާމްޕަލްގެ ތެރެއިން މުޅި ރާއްޖެއިންވެސް ޕޮޒިޓިވްވެފައިވަނީ އެންމެ 150 މީހުންނެވެ. އަލްޙަމްދުލިﷲ

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 143 މީހުންނެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 70723 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 74224 އަށް އަރައިފައެވެ. މި ބައްޔަށް 3276 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 20 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 213 މީހުންނެވެ.

މިއަދު އޮންލައިން