ރެކޯޑް ޢަދަދަކަށް މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ ޢަދަދު ދަށްވެ ތޭރަ އަށް! އަލްޙަމްދުލިﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ރެކޯޑް ޢަދަދަކަށް މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ ޢަދަދު ދަށްވެ ތޭރަ އަށް! އަލްޙަމްދުލިﷲ

ކޮވިޑް19 އަށް މިއަދު ރެކޯޑް ޢަދަދަކަށް މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ ޢަދަދު ދަށްވެއްޖެއެވެ. 

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް ޖުމްލަ 138 މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 13 މީހުންނެވެ. 

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 178 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3602 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 69974 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 73798 އަށް އަރައިފައެވެ. މި ބައްޔަށް 3602 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 28 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 210 މީހުންނެވެ.

މިއަދު އޮންލައިން