ގެއަށް ވަދެވުމާއިއެކު ފުންމަފުންމައިގެންދިއުމާ ޒުވާބުކުރުމަކީ ކިހާވަރެއްގެ ނުބައިކަމެއްކަން ހަމައެކަނި މިއާޔަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ގެއަށް ވަދެވުމާއިއެކު ފުންމަފުންމައިގެންދިއުމާ ޒުވާބުކުރުމަކީ ކިހާވަރެއްގެ ނުބައިކަމެއްކަން ހަމައެކަނި މިއާޔަތުން!

ބައެއް މީހުން ރާޒުވާ ކުޅެން ވަރަށް ކެތްތެރިކަމާއިއެކު އެތައް ގަޑިއިރަކު މަޑުން އިނދެއެވެ. އަނެއް ބައަކު މުޅި ދުވަހު ކުޑަކުޑަ ބޯޅައެއްގެ ފަހަތުން ހިނގައިފާނެއެވެ. (ގޮލްފްކުޅުން) އަނެއް ބައަކު ދޮށްޓެއް އެއްލުމުން މަހެއް ނުގަތް ނަމަވެސް ކެތްތެރިކަމާއިއެކު އެތައް ގަޑިއިރަކު އިންތިޒާރުކުރެއެވެ. އަނެއް ބައަކު މިސްކިތުގައި ޤުރްއާން ކިޔަވަން އެތައް ގަޑިއިރަކު ކެތްތެރިކަމާއިއެކު މަޑުކުރެއެވެ. 

ފާހަގަކުރަންޖެހޭ ކަމަކީ މިހައި ކެތްތެރި މީހުން ގޮސް ގެއަށް ވަންނައިރު އޭނާއަށް ބޭނުންވާ ކަންކަން ވަގުތުން ފުރިހަމަވެފައި ނެތްނަމަ ފުންމައިގެންދާކަމެވެ. ތިމާގެ ލޯބިވާ އަނބިމީހާއަށް ނުބައި ބަސްތައް ބުނެ އަދި ބައެއް ފަހަރު އަތްވެސް އިސްކުރެވޭ ކަމެވެ. 

މިނުބައިކަންބޮޑު އާދަ ދޫކޮށްލަން އެބަޖެހެއެވެ. މިއީ މުސްލިމުންގެ ކިބައިގައި އެއްގޮތަކަށްވެސް ހުރެގެންވާނެ ސިފައެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ވަރަށް ސާފެވެ. " އަދި ތިއަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ." (އަލްޢަންފާލް: 46) 

"އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ތިއަބައިމީހުން ކިޔަމަންވާށެވެ! އަދި ތިއަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިއަބައިމީހުން ފިނޑިވެ، ތިއަބައިމީހުންގެ ބާރު ނެތި ހިނގައިދާނެއެވެ. އަދި ތިއަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ." (އަލްޢަންފާލް: 46) 

"ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ތިއަބައިމީހުން ކިޔަމަންވާށެވެ!" އަމުރުފުޅު ކުރެއްވެވުމަށްފަހު މިއާޔަތުގައި ﷲ ތަޢާލާ ފުރަތަމަވެސް އަންގަވާފައި އެވަނީ "ތިއަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ!" 

އެކަމުގެ ސަބަބުވެސް އެވަނީ ބަޔާންކުރައްވަވައިފައެވެ. "(ދެބަސްވެ އަރާރުންވާނަމަ) ތިއަބައިމީހުން ފިނޑިވެ، ތިއަބައިމީހުންގެ ބާރު ނެތި ހިނގައިދާނެއެވެ." ވީމާ ގެއަށް ވަންނަގޮތަށް އަނބިމީހާ ހިތުގައި ޖައްސައި ރޮއްވާނަމަ އެމީހަކީ "ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ" މީހަކަށްވެވިދާނެ ހެއްޔެވެ؟ 

ޙަޤީޤީ ކެތްތެރިންނަކީ ތިމާ ކެތްތެރިވާން ބޭނުންވާ ކަންކަމުގައި އެކަނި ކެތްތެރިވެވޭ މީހުންނެއް ނޫނެވެ. ހިތް ނުރުހޭ ޙާލަތުގައިވެސް އަދި ހުރިހާ ޙާލަތެއްގައިވެސް ކެތްތެރިވާ މީހުންނެވެ، ﷲ ތަޢާލާ ތިބާ އާއިއެކު ވޮޑިގެންވާނީ އެއިރުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން