ސަރުކާރުން އަޅާ ފްލެޓްތަކުގެ އަގު މާހެޔޮވެފަ ފުރިހަމަވާނެ!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ސަރުކާރުން އަޅާ ފްލެޓްތަކުގެ އަގު މާހެޔޮވެފަ ފުރިހަމަވާނެ!: ރައީސް ޞާލިޙް

މި ސަރުކާރުން އަޅާ ފްލެޓްތަކުގެ އަގު މާބޮޑުތަން ހެޔޮވާނެ ކަމަށާއި މާފުރިހަމަވާނެ ކަމަށާއި ޙަވާލުކުރާނީ ހުރިހާ ކަމެއް ނިންމައި ތަޅުދަނޑި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިޙް މިއަދު ވިދާޅުވީ ކުރީ ސަރުކާރުން އެޅި ފްލެޓްތައް މިސަރުކާރުން ދޫކޮށްފައިވާނީ ވެސް ވަރަށް ބޮޑުތަން އަގުހެޔޮކޮށް، ފްލެޓަކަށް ޖެހޭ އަގުން އެންމެ ކުޑަކޮށް ދޫކުރެވޭނެ އަގަށް ކަމަށެވެ. އަދި 25 އަހަރު ދުވަހަށް ބަހާލައިގެން ކަމަށެވެ. 

"އެފްލެޓްތަކުގެ އަގު މިހާރަށްވުރެ ހެޔޮކުރާނަމަ ދައުލަތުގެ ބަޖެޓަސް ވަރަށް ބޮޑެތި ތަކްލީފްތަކެއް ޖެހޭނެ." ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން