ހިފާ ހައްޔަރުކުރާނީ ވެސް އުޞޫލެއްގެ ތެރެއިން: ރައީސް ޞާލިޙް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 40ސ
ހިފާ ހައްޔަރުކުރާނީ ވެސް އުޞޫލެއްގެ ތެރެއިން: ރައީސް ޞާލިޙް

މިސަރުކާރުން ހުރިހާ ކަންކަން ވެސް ކުރަމުން ގެންދާނީ ކަނޑައެޅިފައިވާ އުޞޫލެއްގެ ތެރެއިން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ގިނަ ބައަކު ހިފާ ހައްޔަރުކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ނޫސްވެރިއަކު މިއަދު ކުރި ސުވާލެއްގެ ޖަވާބުގައެވެ. 

ރައީސް ޞާލިޙް ވިދާޅުވީ ޓެރަރިޒަމްގެ ޤާނޫނަށް އިޞްލާޙްތަކެއް ގެންނަން ޖެހޭކަން ފާހަގަކުރެވިގެން އެކަމަށް މިހާރުވެސް މަސައްކަތްކުރެވެމުން އަންނަކަމަށާއި ޓެރަރިޒަމްގެ މައްސަލަތަކުގެ ތަޙްޤީޤަށް ބަނަދްކުރަންޖެހޭ މީހުން ޤާނޫނުގެތެރެއިން ހައްޔަރުކުރަން ސަރުކާރު ފަސްނުޖެހޭނެ ކަމަށެވެ. 

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން 8 މީހެއްގެ ތަޙްޤީޤް ކުރެވެމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން