މާދަމާ ނޫން އަނެއް ދުވަސް، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފި އެވެ.
ކާފިޔު ވަގުތު މިހާރު އޮތީ ރޭގަނޑު 8 ން ފަތިހު 4 އަށް ކަމަށްވުމުން ފަރުޟު 5 ނަމާދަށް، އެއްވެސް އިތުރު ހުއްދައަކާއި ނުލައި ދެވޭނެއެވެ. އިން ޝާ ﷲ
އިސްލާމިކް މިނިސްޓްރީން މިއަދު ބައެއް ނޫސްތަކަށް ބުނެފައިވަނީ މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރަން ހުއްދަ ދިނުމާއިބެހޭ ގޮތުން ކަމާއި ބެހޭ އިދާރާތަކާއިއެކު މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.