މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ އަށާވީސް މީހުން! ޖުމްލަ ސަތޭކަ ފަންސާސް ފަސްމީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ އަށާވީސް މީހުން! ޖުމްލަ ސަތޭކަ ފަންސާސް ފަސްމީހުން!

ކޮވިޑް19 އަށް މިއަދު މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 28 މީހުންނެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 28 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް ހާމަކޮށްފައިވަނީ 155 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 233 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4972 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 69378 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 73482 އަށް އަރައިފައެވެ. މި ބައްޔަށް 3883 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 27 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 209 މީހުންނެވެ.

މިއަދު އޮންލައިން