ޖަމާއަތުގަ ނަމާދުކުރަން ހިތްވަރުދެއްވާތީ ދައްކާބިރަށް ﷲ ދެއްވަވާނީ ޘަވާބް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޖަމާއަތުގަ ނަމާދުކުރަން ހިތްވަރުދެއްވާތީ ދައްކާބިރަށް ﷲ ދެއްވަވާނީ ޘަވާބް!

ޖަމާއަތުގައި ނަމާދުކުރަން ހިތްވަރުދެއްވާތީ ޝައިޚް އާދަމް ނިޝާން އިއްޔެ އިސްލާމިކް މިނިސްޓްރީއަށް ޙާޒިރުކުރުމުން ބައެއް ޢިލްމްވެރިންގެ ހިތްޕުޅުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. އެއީ ވަޒީފާ އިން ވަކިކޮށްފާނެ ކަމަކަށް ނޫނެވެ. ނަމާދުކޮށް ހެޔޮކަން ކުރުމަށް ހިތްވަރުދިނުމަކީ ހަރުކަށިފިކުރުކަމަށް ބަލައި ހުއްދަތައް އަތުލައިފާނެތީއެވެ.  

ޢިލްމްވެރިއަކު ވިދާޅުވިއެވެ. "މިސްކިތްތަކުގައި ގައިދުރުކުރަން މަޝްވްރާކުރެވުނީވެސް އަދި މިސްކިތްތައް ބަންދުކުރަން ޢިލްމްވެރިން ތާއީދުކުރެއްވީވެސް ބައަކު ބޭނުންހައި ދުވަހަކުން ހުޅުވައި ޖަމާއަތުގަ ނަމާދުކުރަން ހުއްދަދޭ ގޮތަކަށް ނޫނެވެ. އެއިރުގެ ޙާލަތާއި ގުޅިގެންނެވެ. ޙާލަތު ބަދަލުވިތާ ކިތަންމެ ދުވަހެކެވެ.

ނަމާދުކުރުމަކީ އދ އިން ސާސްކަފުގެ ލަނޑުދަނޑިތައް ތަންފީޒުކުރަން އަހަރުތަކަކަށް ބަހައިލިހެން ދިގު މުއަދަތަކަށް ބަހާލައިގެން ކުރެވެން އޮތް ކަމެއް ނޫނެވެ. ނަމާދު ނުކޮށް ހުއްޓައިލެވޭނެ ޙާލަތެއް ނެތެވެ. ކިރިޔާވެސް ގެއިން ބޭރަށް ނުކުމެވޭނަމަ މިސްކިތަށް އެރުން މަނައެއް ނުކުރެވޭނެއެވެ. ކިރިޔާވެސް އޮތީ ޖަމާޢަތް ނުހެދުމުގެ ޙާލަތެވެ. ޖަމާޢަތް ނުހެދުމުގެ ޙާލަތު ރާއްޖެއިން އުވިގެންދިއަތާ ކިތަންމެ ދުވަހެކެވެ. އެކަން އެނގެނީ އެޗްޕީއޭގެ ތަފާސް ހިސާބުތަކުންނެވެ!" 

ދައްޖާލު ވާހަކަ ކިޔާއިރު ކިޔައި އުޅެއެވެ. ދައްޖާލުގެ އެއްކޮނޑުގައި ނަރަކައެއް، އަނެއްކޮނޑުގައި ސުވަރުގެއެއް ހުންނާނެއެވެ. ދައްޖާލަށްރުހި އޭތީގެ ކަލާނގެކަން ޤަބޫލުކުރީމާ އެމީހަކު ދައްޖާލުގެ ސުވަރުގެއަށް ވައްދާނެއެވެ. ނަމަވެސް އެމީހަކަށް އެވަދެވެވެނީ ﷲ ތަޢާލާގެ ނަރަކައަށެވެ! 

މަޝްހޫރު ހިސާން ބިލާއި އަދި އިސްލާމް ދީނާއިމެދު ރާއްޖޭގައި މިހާރު ޢަމަލުތައް ކުރެވޭގޮތުން ގިނަ ބައަކު ބުނަނީ ދައްޖާލު މިހާރު މާލެއަރައިގެން އުޅޭ ކަމަށެވެ! ދައްޖާލުގެ ނަރަކައާ ސުވަރުގެއަށް މީހުންތައް ވައްދަމުން ގެންދާ ކަމަށެވެ.

މިއަދު އޮންލައިން