މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ ތިރީސް މީހުން! ޖުމްލަ ސަތޭކަ ފަންސާސް މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ ތިރީސް މީހުން! ޖުމްލަ ސަތޭކަ ފަންސާސް މީހުން!

ކޮވިޑް19 އަށް މާލޭ ސަރަހައްދުން މިއަދު 30 މީހުން ޕޮޒިޓިވްވެއްޖެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް19 އަށް ޖުމްލަ  ޕޮޒިޓިވްވީ 150 މީހުންނެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 266 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5763 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 68806 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 73094 އަށް އަރައިފައެވެ. މި ބައްޔަށް 4067 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 30 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 209 މީހުންނެވެ.

މިއަދު އޮންލައިން