ސުވަރުގެ ވަދެވޭނީ މިދުނިޔޭގައި ހުރެ ސުވަރުގޭގެ ބަގީޗާއަށް ވަން މީހަކަށެވެ!: ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ސުވަރުގެ ވަދެވޭނީ މިދުނިޔޭގައި ހުރެ ސުވަރުގޭގެ ބަގީޗާއަށް ވަން މީހަކަށެވެ!: ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ

ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ ވިދާޅުވެފައިވެއެވެ. "މިދުނިޔޭގައި ސުވަރުގޭގެ ބަގީޗާއެއް ވެއެވެ. މިދުނިޔޭގައިވާ ސުވަރުގޭގެ ބަގީޗާއަށް ނުވަން މީހަކަށް ޤިޔާމަތް ދުވަހު ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި މިދުނިޔޭގައިވާ ސުވަރުގޭގެ ބަގީޗާއަށް ވަނުމަކީ ވީހައި ގިނައިން ﷲ ތަޢާލާއަށް އަޅުކަން ކުރުމެވެ." 

މީސްތަކުންނޭވެ! މިބަސްފުޅުން އެނގިގެންދަނީ އެމީހެއްގެ ހިތުގައި އީމާންކަން ފުރިހަމަ ނުވާ މީހަކަށް އާޚިރަތް ދުވަހު ލިބޭނެ ކާމިޔާބީއެއް ނެތް ކަމެވެ. އީމާންކަން ލިބިފައިވާނަމަ އެމީހަކު ވީހައި ގިނައިން އަޅުކަން ކުރާނެއެވެ. ޙެޔޮ އަމަލުތައް ކުރާނެއެވެ. 

ނަޙްލް ސޫރަތުގެ 97 ވަނަ އާޔަތުގައިވެއެވެ. "މުއުމިނަކު ކަމުގައިވާ ޙާލް، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙް ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."

- ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން