ކެއިން ބުއިމުން ޚަރަދުކުޑަކުރުމުގެ ދެދުނިޔޭގައިވެސް އެންމެ ބޮޑުފައިދާ! އިން ޝާ ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ކެއިން ބުއިމުން ޚަރަދުކުޑަކުރުމުގެ ދެދުނިޔޭގައިވެސް އެންމެ ބޮޑުފައިދާ! އިން ޝާ ﷲ!

އަހަރެމެންގެ ތެރެއިން ގިނަމީހުންނަކީ އެމީހުންނަށް ލިބޭ އާމްދަނީއަށްވުރެ ގިނައިންވެސް ކެއިންބުއިމަށް ހޭދަކުރާ މީހުންނެވެ. ދަރަނިވެރިވެގެންވެސް މީރު އެއްޗެތި ކެއުމަށް ޝައުޤުވެރިވާ ބައެކެވެ. 

ދުނިޔަވީ ގޮތުން ބަލާއިރު ތިމާއަށް ކޮންމެހެން ބޭނުންވާވަރަށްވުރެ ގިނައިން ކެއުމަކީ ޞިއްޙީގޮތުން ބަލިތަކާއި ކުރިމަތިލާންޖެހޭ ކަންކަމެވެ. އެއިގެ ތެރޭގައި އެންމެ ނުރައްކައުތެރި ބަލިތައްވެސް ހިމެނެއެވެ. އެހެންކަމާއިއެކުވެސް އެކަންކަމަށް ބެލެނީ މަދު މީހަކަށެވެ. ޑޮކްޓަރުން ނުރައްކައުތެރި އިންޒާރުތައް ދޭންފަށަންދެން ކަންބޮޑުވެވޭ މީހުން މަދެވެ. އިންޒާރުތައް ދޭން ފެށުމުން ރައްކައުތެރިވެވެނީ ވެސް މަދު މީހަކަށެވެ. 

މީސްތަކުންނޭވެ! އަމިއްލަ ގެތަކުގައި ކައްކައި އިސްރާފްކުރަމުން ރެސްޓޯރަންޓްތަކަށް ވަދެ ބޮޑެތި ހޭދަކުރާ މީހުން ރަނގަޅަށް ވިސްނާށެވެ! ތިއަ ކުރެވެނީ ބޮޑުވެގެންވާ ފާފައެކެވެ. 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! (އެއީ) ދުވަހެއް (ޤިޔާމަތް ދުވަސް) އައުމުގެ ކުރިންނެވެ. އެ ދުވަހުގައި ވިޔަފާރި ކުރުމެއް (އެބަހީ: ފިދުޔަ ދީގެން ސަލާމަތްވާނެ މަގެއް) ނުވެއެވެ. އަދި، (މަންފާއެއް ކޮށްދެނިވި) ރަޙްމަތްތެރިކަމެއްވެސް ނުވެއެވެ. އަދި، (އެކަލާނގެ އިޛްނަ ފުޅުން މެނުވީ) شفاعة ތެރިކަމެއްވެސް ނުމެވޭމެއެވެ. كافر ންނަކީ ހަމަ އަނިޔާވެރިންނެވެ." (ބަޤަރާ ސޫރަތުގެ 254)

މި އާޔަތަށް ވިސްނާށެވެ! އެކުވެރިންނާއިއެކު ރެސްޓޯރަންޓްތަކަށް ގޮސް އެކުވެރިންނަށް ހޭދަކުރަމުން ގެންދާއިރު ނިކަން ބުނެބަލާށެވެ! ފައިދާ ލިބެން އޮތީ ކޮން ކަމަކުން ހެއްޔެވެ؟ ނުވަތަ ފައިދާ ކުރާނީ ކޮން ކަމަކުން ހެއްޔެވެ؟

ކޮންމެ ދުވަހަކީވެސް ހަމަ ޞަދަޤާތްކުރުމުގެ ދުވަހެކެވެ. ނަމަވެސް ހުކުރު ދުވަސް ޚާއްޞަކޮށްލާށެވެ! ހުކުރު ދުވަހުގެ ކޮންމެވެސް ވަގުތުކޮޅަކީ ފަޤީރުން، މިސްކީނުން، ޔަތީމުންނަށް ޒިޔާރަތްކޮށް ކޮންމެ ވެސް މިންވަރެއް ޞަދަޤާތްކުރާ ދުވަހަކަށް ހަދާށެވެ! 

ހަފްތާގެ ކޮންމެ ދުވަހަކުހެން ރެސްޓޯރަންޓްތަކަށް ގޮސް ކައި ހެދުންފަދަ ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް އެބަ ކުރަމުއެވެ. ވީއިރު އެއް ދުވަހަކީ އާޚިރަތަށްޓަކައި ކޮންމެވެސް މިންވަރެއް ހޭދަކޮށް އާޚިރަތުގެ އެކައުންޓަށް ޖަމާކުރާ ދުވަހަކަށް ހެދުން ކީއްޔެވެ؟ 

މުސްލިމުންނަކީ ޞަދަޤާތް ކުރަން ބޭނުންވެގެން އަބަދުވެސް ތިބޭ ބައެކެވެ. ހަމައެކަނި މަދުވެގެން މިއުޅެނީ ކަންކަން ކުރުމުގެ އުޞޫލެވެ. ރިވެތި އަޚްލާޤެވެ. ކުރާ ހެޔޮ އަމަލުތައް ރޭވުންތެރިކަމާއިއެކު ކުރުމުގެ އުޞޫލެވެ. އެކަން ރަނގަޅުކޮށްލަމާ ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ރާއްޖެއަށް ވިސްނައިފިނަމަ އެންމެން ބޮމުން މިދާ އާދައިގެ އެންމެ ކޮފީއެއްގެ އަގަކީ 2 މިސްކީނަކަށް ކާން ދެވޭނެ މިންވަރެވެ! ބޯ ކޮންމެ ކޮފީއަކަށް 1 ކޮފީ ﷲ ތަޢާލާގެ މަގުގައި ހޭދަކޮށްފިނަމަ 2 މިސްކީނުންނަށް ކާންދެވޭނެއެވެ! ރައްޓެހިންނަށް ދޭ ކޮފީ އިތުރުކޮށްފިނަމަ ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.

މިއަދު އޮންލައިން