މާލޭ ސަރަހައްދުން މިއަދު 66 މީހުން ޕޮޒިޓިވްވި އިރު ޖުމްލަ ޕޮޒިޓިވްވީ ސަތޭކަ ހަތްދިހަ ދެމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
މާލޭ ސަރަހައްދުން މިއަދު 66 މީހުން ޕޮޒިޓިވްވި އިރު ޖުމްލަ ޕޮޒިޓިވްވީ ސަތޭކަ ހަތްދިހަ ދެމީހުން!

ކޮވިޑް19 އަށް މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 66 މީހުންނެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 66 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 172 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 145 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4523 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 67886 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 72466 އަށް އަރައިފައެވެ. މި ބައްޔަށް 4362 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 41 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 207 މީހުންނެވެ.

މިއަދު އޮންލައިން