ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރާ މީހުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަޝްވަރާކުރަމުން ގެންދާ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއް، ދެހަފްތާއެއްހައި ދުވަހުގެ ތެރޭގައި ލުއިތައް އިއުލާނުކުރެވޭވަރުވާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މިގޮތުން ލުއިލިބޭނެ ކަންކަމުގެ ތެރޭގައި ދަތުރުފަތުރުކުރުމާއި ކެފޭ ރެސްޓޯރަންޓްތައް ފަދަ ތަންތަނުން ޚިދުމަތްހޯދުން ފަދަކަންކަން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.
މަބްރޫކް ވިދާޅުވީ މިފަދަ ލުއިތައް ދިނުމަކީ ވެކްސިން ފުރިހަމަކުރަން ހިތްވަރު އިތުރުވާނެ ކަމެއްކަން ފާހަގަކުރައްވާ ކަމަށެވެ.