ކާފިޔު ވަގުތު ރޭގަނޑުގެ ވަގުތުކަމަށް ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ކާފިޔު ވަގުތު ރޭގަނޑުގެ ވަގުތުކަމަށް ހަމަޖައްސައިފި

ކޮވިޑް-19 ފެތުރުން އިތުރުވުމާއި ގުޅިގެން މާލެ ސަރަހައްދުގައި ހިންގަމުން އަންނަ ކާފިޔުގެ ވަގުތު ކުރުކޮށް މާދަމާއިން ފެށިގެން ކާފިޔު ވަގުތަކީ ހަވީރު 6 އިން ފެށިގެން ފަތިހު 4 ޖަހަންދެން ކަމަށް އިއުލާނުކޮށްފިއެވެ. 

މިގޮތަށް ކާފިޔުގެ ވަގުތު ބަދަލުކުރުމުން މެންދުރު ނަމާދާއި ޢަޞްރުނަމާދަށް އިތުރު ހުއްދައަކާއި ނުލައި މިސްކިތަށް ދެވޭނެއެވެ. ނަމަވެސް މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ފަތިސްނަމާދަށް ދެވޭނީ ގެއިން ބޭރަށް ނުކުމެ އުޅުމުގެ ހުއްދައޮވެގެންކަން ފާހަގަކުރެވެއެވެ. 

މީގެ އިތުރުން ފަތިހު 5 އިން އިރުއޮއްސި 6 ޖަހަންދެން ޖިމްތައް ހުޅުވަން ވެސް ވަނީ ހުއްދަ ދީފަ އެވެ.

މިއަދު އޮންލައިން