މާލޭ ސަރަހައްދުން މިއަދު 61 މީހުން ޕޮޒިޓިވްވި އިރު ޖުމްލަ ޕޮޒިޓިވްވީ 145 މީހުން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 48ސ
މާލޭ ސަރަހައްދުން މިއަދު 61 މީހުން ޕޮޒިޓިވްވި އިރު ޖުމްލަ ޕޮޒިޓިވްވީ 145 މީހުން!

ކޮވިޑް19 އަށް މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ އެންމެ 35 މީހުންނެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 61 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 145 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 253 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4548 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 67507 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 72294 އަށް އަރައިފައެވެ. މި ބައްޔަށް 4569 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 39 މީހުންނަށެވެ.

މި ބަލީގައި މިއަދު އެކަކު ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 207 މީހުންނެވެ.

މިއަދު އޮންލައިން