ލޯފަން ކުދިންނަށް ޤުރްއާން ހިތުދަސްކޮށްދޭ ޚާއްޞަ ކްލާހެއް އިސްލާމިކް ޔުނިވާސިޓީ އިން ފަށަން ނިންމައި މި ކްލާހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އޮންލައިންކޮށް ކިޔެވުމަށް 30 ޖާގަ އަދި އެ ކެމްޕަސް އަށް ގޮސްގެން ކިޔަވެވުމަށް 30 ޖާގަ ހިމެނޭ މި ކޯހުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު ދަންފަޅީގައި ކަމަށް އައިޔޫއެމް އިން ވަނީ ހާމަކޮށްފަ އެވެ.
މި ކޯހަށް އެދޭ ލޯފަން ކުދިން، އެ ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ އެހެނިހެން ތަކެއްޗާއެކު (ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯރމް، އައިޑީކާޑުގެ ކޮޕީ. ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ) އަންނަ އޭޕްރިލް މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން އެ ޔުނިވާސިޓީއަށް ހުށަހަޅަން ޖެހެއެވެ.
މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އައިޔޫއެމްގެ މާލޭ ކެމްޕަސްގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާއިންނެވެ.