މީސްތަކުންނަށް ހެޔޮ ގޮތްތައް ބުނެދީ ކީރިތި ޤުރްއާން ކިޔަވައި ހެދިނަމަވެސް ތިމާ އިސްލާމް ދީނުގައިވާ ގޮތަށް ޢަމަލު ނުކުރާނަމަ އެއީ ވަރަށް ނުރައްކައުތެރިކަމެކެވެ. މިޢްރާޖްގެ ދަތުރުފުޅުގައި އެފަދަ ބައަކު ވަނީ ރަސޫލް ﷺ އަށް ފެނިވަޑައިގެންފައެވެ. އެމީހުން ތިބީ އަލިފާނުގެ ކަތުރަކުން އެމީހުންގެ ތުންފަތްތައް ބުރިކުރާށެވެ.
Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said,
“I saw some men on the night of my ascension, whose lips were being sheared by scissors of fire. I said: O Gabriel, who are these people? Gabriel said: Preachers from your nation who commanded people to be righteous and they forgot it themselves, yet they recited the Book. Will they not reason?”
In another narration, the Prophet said, “Preachers from your nation who said what they did not do, and who recited the Book of Allah and did not act upon it.”
Source: Musnad Aḥmad 13103
Grade: Sahih (authentic) according to Al-Albani
ވީމާ މީސްތަކުންނަށް ހެޔޮ ކަންކަން ކުރަން ޢަމަލުކުރާ މީހާ އެކަން ނުކުރުމަކީ ޤިޔާމަތާއި ހަމައަށްވެސް އެމީހަކަށް ގަދަފަދަ ޢަޛާބް ދެއްވަވާނެ ކަމެއްކަން މި ޙަދީޘްފުޅުން އެނގިގެން އެބަދެއެވެ. ޖަމާއަތުގައި ނަމާދުކުރަން މީސްތަކުންނަށް ބުނެފައި ތިމާ މިސްކިތުގެ ޖަމާޢަތަށް ނުދިއުމަކީ ކިހައި ބޮޑުކަމެއް ކަމާއިމެދު ވިސްނައި ބިރުވެތި ނުވާނަމަ އެމީހާ ދައްކާ ދީނުގެ ވާހަކަ ޤަބޫލުކުރަން ހެޔޮވެދާނެ ހެއްޔެވެ؟
އިސްލާމިކް ޔުނިވަރސިޓީއަކުން ކިޔެވިނަމަވެސް ޤާނޫނު ކިޔަވައިގެން ތިބޭ ޤާނޫނުގެ ޢިލްމުވެރިންނާއި ދީން ކިވައިގެން ތިބޭ ދީނުގެ ޢިލްމުވެރިންގެ ކަންބޮޑުވުން ތަފާތުވާނެއެވެ.
ޢަރަބިބަސް އެނގޭ ކޮންމެ މީހަކީ ދީނީ ޢިލްމުވެރިއެއް ނޫނެވެ. ދީނީ ޢިލްމުވެރިއަކަށްވަނީ އިސްލާމް ދީން ކިޔެވުމުންނެވެ.
މީގެ އިތުރުން ޖަމާޢަތުގައި ފަރުޟު ނަމާދުތައްކޮށް އިސްލާމް ދީނަށް ޢަމަލުކުރާ ޢިލްމުވެރިންނާއި ދީން އެނގުނު ނަމަވެސް ޢަމަލު ނުކުރާ ޢިލްމުވެރިންގެ ކަންބޮޑުވުންތައްވެސް ތަފާތުވާނެއެވެ.
މިކަމުގެ ވަރުގަދަ އޮއިވަރެއް ކުރިއަށް އެބަދެއެވެ. ވީމާ ދީނުގެ ކަންކަމުގައި ބަސްބުނާ މީހާއަކީ އެންމެ ކުޑަމިނުން ބަންގިއަށް ޢިޖާބަދީ ޖަމާޢަތުގައި ނަމާދުކުރަން ފަރުވާ ބަހައްޓާ މީހެއްކަން ބަލަން ޖެހޭ ހިސާބަށް ކަންކަން ހިގައްޖެއެވެ.
މިއޮއިވަރަށް ރައްޔިތުން ފުރިހަމައަށް ހޭލުންތެރި ނުވެއްޖެނަމަ ކުރިމަތިވާނެ މައްސަލަތައް ވަރަށް ނުރައްކައުތެރިވުން ގާތެވެ. ދީނަށް ޢަމަލުކުރާތަން ލޮލަށް ނުފެންނަ ޢިލްމުވެރިންނާއިމެދު ސަމާލުކަންދޭންޖެހޭނެއެވެ. އިސްލާމް ދީނުގައި އޮތީ ހަމައެކަނި އުނގެނުމެއް ނޫނެވެ. އެންމެ މުހިންމު ކަމަކީ ޢަމަލުކުރުމެވެ.
- އަހްމަދު ޢަބްދުއްރަޙީމް