އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ލެޕްޓޮޕްތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ވަގަށް ނަގާފައިވަނީ އެޔުނިވާސިޓީގެ ޓެސްޓު ޕޭޕަރުތައް ތައްޔާރު ކުރުމަށް ބޭނުން ކުރި ލެޕްޓޮޕް ތަކެކެވެ.
މިކަމާއި ގުޅޭގޮތުން އައިޔޫއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލެޕްޓޮޕްތައް ވަގަށް ނެގި ނަމަވެސް އެޔުނިވާސިޓީގެ އިމްތިހާނުތަކުގެ ސައްޙަ ކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
ގެއްލިފައިވާ ލެޕްޓޮޕްތަކަކީ އެޔުނިވާސިޓީގެ އެކަޑެމިކް މުވައްޒަފުން ބޭނުން ކުރާ ލެޕްޓޮޕް ތަކެއް ކަމަށް އައިޔޫއެމް އިން ބުނެފައިވެއެވެ.
އައިޔޫއެމް ގެ ލެޕްޓޮޕްތަކެއް ގެއްލިފައިވާއިރު، އެޔުނިވާސިޓީގެ މިއަހަރުގެ ފަހު ސެމެސްޓާގެ އިމްތިހާނުތައް މިހާރު ފެށިފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.