ވެރިކަން ބަދަލުކުރުމުގެ މަރުހަލާއަށް ފުރިހަމައަށް އެއްބާރުލުން ދޭނަން: ޑރ.ޝަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ވެރިކަން ބަދަލުކުރުމުގެ މަރުހަލާއަށް ފުރިހަމައަށް އެއްބާރުލުން ދޭނަން: ޑރ.ޝަހީމް
ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އޮމާންކޮށް ގެންދިޔުމުގެ ގޮތުން ޓްރާންސިޝަން ކޮމެޓީއަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެންވިދާޅުވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތްޕުޅުން އެކުލަވާލާފައިވާ ޓްރާންސިޝަލް ކޮމިޓީން މިއަދު އިސްލާމިކް ޔުނިވާސިޓީ އަށް ކުރެއްވި ޒިޔާރަތުގައި އެޔުނިވާސިޓީ އިސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވިވާހަކަފުޅުގެތެރޭގައެވެ.

މިބައްދަލުކުރެއްވުމުގައި އިސްލާމިކް ޔުނިވާސިޓީއިން ވަނީ އެތަނުގެ މުސްތަގުބަލާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޕްރެސެންޓޭޝަނެއް މި ޓިމުގެ ބޭފުޅުންނަށް ދައްކާފައެވެ. އަދި އިސްލާމިކް ޔުނިވާސިޓީގެ ތަސައްވަރާއި ކިޔަވައިދެމުންގެންދާ ކޯސްތަކުގެ އިތުރުން އެ ޔުނިވާސިޓީއަށް ހާސިލު ކުރެވިފައިވާ ލަނޑުދަނޑިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޓްރާންސިޝަލް ކޮމިޓީގެ ފަރާތުން އިސްލާމިކް ޔުނިވާސިޓީއަށް ވަޑައިގަތީ، އެ ކޮމިޓީގެ ކޯޗެއާ އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. މުހައްމަދު މުސްތަފާ ލުތުފީއާއި، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) އެވެ.

ޑރ. ޝަހީމަކީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެވެ.
މިއަދު އޮންލައިން