ރިޔާސީ އިންތިޚަބްގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ނުހިނގާ: އެޗްއާރުސީއެމް

ކިޔުމަށް ހޭދަވާނީ 1މ 2ސ
ރިޔާސީ އިންތިޚަބްގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ނުހިނގާ: އެޗްއާރުސީއެމް
23 ސެޕްޓެމްބަރު 2018 ގައި ބޭއްވުނި ރިޔަސީ އިންތިޙާބު އޮބްޒާވް ކުރުމަށްފަހު، އެޗްއާރުސީއެމް އިން ނެރުނު އޮބްޒާރވޭޝަން ރިޕޯޓުން ހާމަވެއްޖެއެވެ.

ޤާނޫނު ނަންބަރު 2006/6 ގެ ދެވަނަ މާއްދާއިން ކޮމިޝަންގެ މަޤުސަދުތަކުގެ (ހ) އަދި (ށ) ގައި ބުނެފައިވާ ފަދައިންނާއި ކޮމިޝަންގެ ހަމަ މިޤާނޫނުގެ 20 ވަނަ މާއްދާގެ (ބ) އަދި (މ) ގައި ވާ ފަދައިން، ދިވެހިރައްޖޭގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވޯޓުލުމުގެ ހައްްޤު އެއްވެސް ނުފޫޒެއްނެތި ރައްޔިތުންނަށް ލިބިދޭތޯ ބެލުމަށާއި އަދި މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްތޯ ކަށަވަރު ކުރުމަށް ކޮމިޝަނުން 2018 ވަނަ އަހަރުގެ އޮބްޒާވްކޮށްފައިވާ ކަމަށް ރިޕޯޓުގެ ފެށުމުގައި އެޗްއާރުސީއެމް އިން ބުނެފައިވެއެވެ.

މި ރިޕޯޓުގައި ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާއި ހިސާބުން ފެށިގެން އިންތިޙާބުގެ ވަޤުތީ ނަތީޖާއާ ހަމައަށް ފާހަގަވި ކަންކަމާއި ކަންކަން ހިނގާދިޔަގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ރައީސް ޔާމިންގެ މަދު ސަޕޯޓަރުން ތަކެއް ދަނީ 'ޥޯޓު' އޮޅުވާލިކަމަށް ބުނެ ކޮއްމެ ރެއަކު ޕީޕީއެމް ހެންވޭރު އޮފީސް ކުރިމަތީ މުޒާހަރާ ކުރަމުންނެވެ.

http://hrcm.org.mv/PUBLICATIONS/OTHERREPORTS/2018ELECTIONREPORT.PDF
މިއަދު އޮންލައިން