އައިޔޫއެމްގެ ރިސާޗް ކޮންފަރެންސުގަ 12 ޤައުމެއްގެ ޢިލްމުވެރިން ބައިވެރިވޭ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 29ސ
އައިޔޫއެމްގެ ރިސާޗް ކޮންފަރެންސުގަ 12 ޤައުމެއްގެ ޢިލްމުވެރިން ބައިވެރިވޭ
އިސްލާމީ ޔުނިވަރިސިޓީން އިންތިޒާމުކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިސްލާމީ ހޭލުންތެރިކަމާބެހޭ ބައިނަލް އަޤްވާމީ ސިލްސިލާ މަހާސިންތާ ތަކުގެތެރެއިން މިއަދު ފފެށި މަހާސިންތާގައި 12 ޤައުމެއްގެ ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

2 ދުވަހުގެ މުއްދަތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގެ މައުލޫއަކީ "ޞުލްހައާއި ހަމަޖެހުމާއި ތަޙައްމުލު ކުރުން ދެކުނު އޭޝިޔާގައި ޤާއިމުކުރުމުގައި އިސްލާމީ ފިކުރާއި ޘަޤާފަތާއި ޙަޟާރަތުގެ ދައުރު" މި މައުލޫއެވ



މަހާސިންތާ އޮގަނައިޒުކުރުމުގައި އެހީތެރިވާ މުހިންމު އެއްފަރާތް ކަމަށްވާ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްސްގެ ސެކްޓްރީ ޖެނެރަލް ޕްރޮފެސަރ އުމަރު ހަސަން ކަސޫލީ ދެއްކެވި ވާހަކަފުޅުގައި އިސްލާމްދީން ސައުތު އޭޝިޔާއަށް އެތައް ގިނަގުނަ ކުރިއެރުންތަކެއް ގެނެސްދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި މަހާސިންތާގެ މަޤްޞަދަކަށް ވާންވާނީ އިސްލާމުދީން ގެނެސްދިން މި ކުރިއެރުންތަކާމެދު ފިކުރުކޮށް ދިރާސާކޮށް ގެނެސްދިނުމާއި މުސްތަޤްބަލަށް ގެނެސްދެވޭނެ ބަދަލުތައް ހޯދައި ދެނެގަތުންކަމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އިން އިސްނަގައިގެން އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ކޮންފަރެންސްގައި ބައިވެރިން ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ޕާކިސްތާނު، މެލޭޝިޔާ، އިންޑޮނޭޝިޔާ، އިންޑިޔާ، ލަންކާ، އިނގިރޭސިވިލާތް، ބަންގުލަދޭޝް، ފަލަސްޠީނު، މޮރިޝަސް، ނައިޖީރިޔާފަދަ ގައުމުތައް ހިމެނެއެވެ. ބޮސްނިޔުމަހާސިންތާގައި ޖުމްލަ 43 ކަރުދާހެއް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު މީގެ ތެރޭން 37 ކަރުދަކީ ބޭރު ޤައުމުތަކުން ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅާ ކަރުދާހެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ އިލްމީ ބޭފުޅުން ޖުމްލަ 6 ކަރުދާހެއް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމަށް އިސްލާމީ އެކި ޤައުމުތަކަށް ހުޅުވާލައިގެން ލިބުނު ކަރުދާސްތަކުގެ ތެރޭން މި ކޮންފަރެންސްއަށް ފުރުޞަތުދޭނެ ކަރުދާސްތައް ހޮވުމުގެ މަސައްކަތްކުރައްވާފައި ވަނީ ޕާކިސްތާނުގެ ރިފާ ޔުނިވަރސިޓީންނެވެ. މި ކޮންފަރެންސްގައި އެ ޔުނިވަރސިޓީގެ ފައުންޑަރ ވައިސް ޗާންސެލަރ ޕްރޮފެސަރ ޑރ. އަނިސް އަޙްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.



2016 އިން ފެށިގެން ކޮންމެ އަހަރަކު އައިޔޫއެމްއިން ބާއްވަމުން އަންނަ އިސްލާމީ ހޭލުންތެރިކަމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާގެ މަގްސަދަކީ، ދިރާސާކުރުމުގެ ޘަޤާފަތެއް ތައުލީމީ ދާއިރާގައި އަށަގަނެވުމާއި ދިނީ، އިޖުތިމާޢީ އަދި އިޤްތިސާދީ ކަންކަމާއި ގުޅޭގޮތުން އިލްމީ ނަޒަރިއްޔާއިން ވިސްނާ ބަހުސްކުރުމުގެ ވެއްޓެއް ޤާއިމު ކުރުމެވެ. އަދި ބޭރު ދުނިޔޭގެ އިސްލާމީ ޔުނިވަރސިޓީތަކާއި ގުޅިގެން އިލްމީ ދިރާސާކުރުމުގެ މަސައްކަތް ފުޅާކުރުމަކީވެސް މި މަހާސިންތާގެ މަޤްސަދެކެވެ.

ކޮންފަރެންސް ބޭއްވި ފުރަތަމަ އަހަރު 150 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވިއެވެ. އިސްލާމިކް ފައިނޭންސާއިބެހޭގޮތުން މިދިއަ އަހަރު ބޭއްވި ކޮންފަރެންސްގައި 200 ވަރަކަށް ބޭފުޅުން ބައިވެރިއެވެ.
މިއަދު އޮންލައިން