ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މިއަދު ފެށި ބައިނަލްއަޤްވާމީ ރިސަރޗް ކޮންފަރެންސްގައި ތަފާތު ދާއިރާތަކުން 31 ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެއިގެތެރޭގައި އިޤްޠިޞާދު، ވަޤްފް، ޢާއިލީ، ތަރުބިއްޔަތު، އިދާރީ ހިންގުން ފަދަ ތަފާތު ދާއިރާތައް ހިމެނެއެވެ.
ހެނދުނުގެ ސެޝަންގައި 14 ކަރުދާހެއް ހުށަހަޅާފައިވާއިރު މެންދުރުފަހުގެ ދަންފަޅީގައި 17 ކަރުދާހެއް ހުށަހަޅަން ވަނީ ހަަމަޖެހިފައެވެ. ކޮންމެ ކަރުދާހަކާއި ގުޅިގެންވެސް ޚިޔާލު ފައުޅުކުރުމަށް 10 މިނީތްގެ ވަގުތުކޮޅެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންފަރެންސްގެ ބައިވެރިންގެ ޝަރަފުގައި ޘަޤާފީ ޝޯއެއް މިރޭ ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ އައިޔޫއެމުން ބާއްވާ މިފަދަ ބައިނަލްއަޤްވާމީ 3 ވަނަ ކޮންފަރެންސެވެ.