ކެނޑިޑޭޓުންނާއި ރަނިންމޭޓުންނަށް ފުރައްސާރަ ނުކުރުމަށް އެޗްއާރްސީއެމް އިން ގޮވާލައިފި

ކިޔުމަށް ހޭދަވާނީ 36ސ
ކެނޑިޑޭޓުންނާއި ރަނިންމޭޓުންނަށް ފުރައްސާރަ ނުކުރުމަށް އެޗްއާރްސީއެމް އިން ގޮވާލައިފި
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ ރަނިންމޭޓުންނަށް ފުރައްސާރަ ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ގޮވާލައިފިއެވެ.

އެޗްއާރްސީއެމް އިން މިރޭ ނެރުނު ބާޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބަށް ކެމްޕޭނުކޮށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތަކުގައި ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަަށް ފުރައްސާރަކޮށް، އެބޭފުޅުުންގެ އަބުރު ގެއްލޭގޮތަށް ކަންކަން ނުކުރުމަށެވެ.

މީގެއިތުރުން މުޖުތަމައުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ކެމްޕޭނު ހަރަކާތްތައް ނުހިންގުމަށް ވެސް އެޗްއާރްސީއެމް އިން ސިޔާސީ ޕާޓީތަކަށް ގޮވާލާފައިވެއެވެ.
މިއަދު އޮންލައިން