އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ވައިސް ޗާންސެލަރ ކަމުގެ މަގާމަށް އަލްއުސްތާޒާ އާއިޝަތު ޚަލީލާ މިއަދު އައްޔަނު ކުރައްވައިފިއެވެ.
ޚަލީލާ އެމަގާމަށް އައްޔަނު ކުރެވުމުން، މިއަދުން ފެށިގެން އެޔުނިވާސިޓީ ހިންގެވުމުގެ ކަންކަމާ ހަވާލުވެ ހުންނަވާނީ އެކަމަނާކަމަށް އައިޔޫއެމް އިން ހާމަކޮށްފައިވެއެވެ.
އައިޔޫއެމް ގެ ވައިސް ޗާންސެލަރ ކަމުގެ މަގާމަށް ޚަލީލާ އައްޔަނު ކޮށްފައިވަނީ އެޔުނިވަރސިޓީގެ ޗާންސެލަރ އަދި އެކްޓިން ވައިސް ޗާންސެލާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވާތީއެވެ. ނަމަވެސް ދރ. ޝަހީމް ވަނީ، ރައީސް ޔާމީންގެ އެންގެވުމަށް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ކަމުން އިސްތިއުފާ ނުދެއްވަން މިއަދު ނިންމާފައެވެ.