ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ބާއްވާ އިޤްރައު ބުކްފެއާ މިމަހު ،9 10 ގައި ބާއްވަން ނިންމައިފިއެވެ.
ފެއާ ކުރިއަށް ގެންދާނީ ހެނދުނު 9:00 އިން 12:00 އަށް، މެންދުރުފަހު 2:00 އިން 6:00އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
އައިޔޫއެމުން ބުނެފައިވަނީ މިފެއާގައި އައިޔޫއެމްގެ އިތުރުން އިސްލާމިކް މިނިސްޓްރީ އާއި ބައެއް ބުކްޝޮޕްތަކުންވެސް ބައިވެރިވާނެކަމަށެވެ. އަދި ހެޔޮ އަގުގައި ފޮތްތައް ގަންނަން ލިބޭނެ ކަމަށެވެ.
ފޮތް ކިޔުމަށް ކުޑަކުދިން ޝައުޤުވެރިކުރުވުމަށްޓަކައި މިފެއާރގައި ޤައުމީ ކުތުބުޚާނާއިން ޚާއްޞަ ކޯނަރެއް ހިންގާނެ ކަމަށްވެސް އައިޔޫއެމުން ބުނެފައިވެއެވެ.