އައިޔޫއެމް އިން ހުޅުވައިލި ފުރުޞަތުތަކުގައި ކޯސްތަކަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ކޯސްތަކަށް ހޮވިފައިވާ 617 ދަރިވަރުންނާއިއެކު އައިޔޫމްގެ ޖޫން ސެމިސްޓަރގެ ކޯސްތައް ފަށަން ދަނީ ތައްޔާރުވަމުންނެވެ.
އައިޔޫއެމް އާއި އަލަށް ގުޅުނު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދުވަނީ ކުރިއަށް ގެންގޮސްފައެވެ. އައިޔޫއެމް އިން ބުނީ މިއަދުގެ ބައްދަލުވުމުގެ ސަބަބުން ދަރިވަރުން ތަޢާރަފްވުމުގެ އިތުރުން ޔުނިވަރސިޓީ އާއި ބެހޭ އިތުރު މައުލޫމާތު ވެސް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ.
އައިޔޫއެމް އިން ގެންދަނީ އެ ޔުނިވަރސިޓީގައި ދެވޭ ތައުލީމް އިތުރަށް ފުޅައުކުރުަށް ގަދައަޅައި މަސައްކަތްކުރަމުންނެވެ. އެކަމަށްޓަކައި ބޭރުގެ މަޝްހޫރު ގިނަ ޔުނިވަރިޓީތަކަކާއިއެކު މިހާރުވެސް ވަނީ ގުޅުން ޤާއިމުކޮށްފައެވެ. އަލަށް އުފެދި 2 އަހަރެއްހައި ދުވަހުގެ ތެރޭގައި އައިޔޫއެމްގައި ޕީއެޗްޑީ އަށް ކިޔަވައިދޭން ފަށާފައިވާކަންވެސް ފާހަގަކުރެވެއެވެ.