މާފުށީ ޖަލަށް އެޗްއާރްސީއެމް އިން ޒިޔާރަތް ކޮށްފި

ކިޔުމަށް ހޭދަވާނީ 55ސ
މާފުށީ ޖަލަށް އެޗްއާރްސީއެމް އިން ޒިޔާރަތް ކޮށްފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން މާފުށި ޖަލުގެ ރިމާންޑް ޔުނިޓަށް ޒިޔާރަތްކޮށް އެތަނުގެ ހާލު ބަލައިފިއެވެ.

އެކޮމިޝަނުން މިއަދު ބުނިގޮތުގައި، މާފުށީ ޖަލަށް މިއަދު ހެނދުނު ކުރި ޒިޔާރަތުގައި އެޖަލުގެ ރިމާންޑް ޔުނިޓުގެ ކަންކަން ބަލާ މޮނީޓާރ ކޮށްފައިވާ ކަމަށެވެ.

އެޗްއާރްސީއެމް އިން ބުނި ގޮތުގައި މާފުށީ ޖަލަށް ކުރި މިޒިޔާރަތަކީ ރިމާންޑް ޔުނިޓް 3 އަދި ރިމާންޑް ޔުނިޓް 13 ގެ ހާލަތު ބަލާ، އެކޮމިޝަނުން މީގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކޮށްފައިވާ މިންވަރު ބެލުމަށް ކުރި ޒިޔާރަތެއް ކަމުގައެވެ.

އެޗްއާރްސީއެމް ގެ މިޒިޔާރަތުގައި ފާހަަގަ ކުރެވުނު ކަންކަމާއި ގުޅޭ ރިޕޯޓު މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ކަމާ ގުޅޭ އެހެން އިދާރާތަކަށް ހުށަހަޅާނެ ކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެއެވެ.

ޖަލާއި ގުޅޭގޮތުން އިސްލާހު ހުށަހަޅާ ކަންކަން ތަންފީޒު ކުރާ މިންވަރު ބެލުމަށް ކަރެކްޝަނަލް ސާރވިސްއާއި ބައްދަލުކޮށް، އެމިންވަރު ބެލުމަށް އަހަރަކު ދެ ފަހަރު ފޮލޯއަޕް ހެދުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެއެވެ.

މިއަދު އޮންލައިން