އައިޔޫއެމަށް އެހީތެރިކަން ހޯއްދަވަން ޗާންސެލަރ ޑރ. ޝަހީމް ސައުދިއަރަބިޔާއަށް ފުރާވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އައިޔޫއެމަށް އެހީތެރިކަން ހޯއްދަވަން ޗާންސެލަރ ޑރ. ޝަހީމް ސައުދިއަރަބިޔާއަށް ފުރާވަޑައިގެންފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އައިޔޫއެމްގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދިއަރަބިޔާއަށް ފުރާވަޑައިގެންފިއެވެ.



މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ޝަހީމް މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި ސައުދިިއަރަބިޔާގެ ޔުނިވަރސިޓީތަކުގެ އިސްވެރިންނާއި އަދި ބައެއް މުއައްސަށާތަކުގެ ބޭފުޅުންނާއިވެސް މަޝްވަރާކުރައްވަން ވަނީ ހަމަޖެހިފައެވެ.

އައިޔޫއެމް އިން ގެންދަނީ ދުނިޔޭގެ މަޝްހޫރު ޔުނިވަރސިޓީތަކާއި ގުޅި، އެހީތެރިކަން ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިހާރުވެސް ބުރުނާއީގެ އިސްލާމީ ޔުނިވަރސިޓީގެ އެހީތެރިކަން އައިޔޫއެމްއަށް އަންނަނީ ލިބެމުންނެވެ. މަދީނާ ޔުނިވަރސިޓީ އާއިއެކު ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ވަނީ ދާދިފަހުން ސޮއިކޮށްފައެވެ. އަދި މީގެ އިތުރުންވެސް ދުނިޔޭގެ މަޝްހޫރު ބައެއް ޔުނިވަރސިޓީތަކާއިއެކު އައިޔޫއެމް އިން މިހާރުވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ.
މިއަދު އޮންލައިން