އިންސާނީ ޙައްޤުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތަށް ސަރުކާރުގެ ސަބަބުން ހުރަސްތަކާއި ކުރިމަތިވޭ: އެޗްއާރްސީއެމް

ކިޔުމަށް ހޭދަވާނީ 51ސ
އިންސާނީ ޙައްޤުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތަށް ސަރުކާރުގެ ސަބަބުން ހުރަސްތަކާއި ކުރިމަތިވޭ: އެޗްއާރްސީއެމް
އިންސާނީ ޙައްޤުތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރުގެ މުއައްސަސާތަކުގެ ސަބަބުން ހުރަސްތަކާއި ކުރިމަތިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސާ އާމިނަތު އީނާސް ވިދާޅުވެއްޖެއެވެ.

ނޭޕާލްގައޮ މިހާރު ކުރިއަށްދާ ނޭޝަނަލް ހިއުމަން ރައިޓްސް އިންޓަނޭޝަނަލް ކޮންފެރެންސްގައު ވާހަކަ ދައްކަވަމުން އީނާސް ވިދާޅުވީ އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި ރާއްޖޭގައި ދަތިތަކެއް އެބަހުރި ކަމަށާއި އެގޮތަށް ދިމާވާން މެދުވެރިވަނީ ސަރުކާރުގެ ބައެއް މުއައްސަސާތަކުން އެތަންތަނުގެ ދައުރު އެކަށީގެންވާ ގިތަށް އަދާ ނުކުރާތީ ކަމަށެވެ.

އިންސާނީ ހައްގުތައް ރާއްޖޭގައި ހިމާޔަތް ކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށް އީނާސް ފާހަގަ ކުރައްވާފައިވާއިރު، ރާއްޖޭގައި އުފެދިފައިވާ އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އެޗްއާރްސީއެމް އިން ބެލި ތަފާތު ކަންތައްތަކުގައި ވެސް ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މައްސަލަ ހުރިކަން އެކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.
މިއަދު އޮންލައިން