މިނިވަން ޗެމްޕިއަންޝިޕް ޒޯން 3 ގެ ފައިނަލަށް މީދޫއާއި ފެހެންދޫ

ކިޔުމަށް ހޭދަވާނީ 1މ 6ސ
މިނިވަން ޗެމްޕިއަންޝިޕް ޒޯން 3 ގެ ފައިނަލަށް މީދޫއާއި ފެހެންދޫ


މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ބުރުގައި ޒޯން 3 ގެ ފައިނަލަށް ރ.މީދޫއާއި ބ.ފެހެންދޫ ދަތުރުކޮށްފިއެވެ.

ޒޯން 3 ގެ ބުރުގައި އިއްޔެ ހަވީރު ބ.ފެހެންދޫއާއި ޅ.ނައިފަރު ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ޒޯންގައި ކުޅުނު ފުރަތަމަ މެޗުގައި ރ.މީދޫއިން ޅ.ނައިފަރު ބަލިކުރީ 2-3 ގެ ނަތީޖާއިންނެވެ. ފެހެންދޫއާއި މީދޫ ބައްދަލުކުރި މެޗު ނިމުނީ 0-1 ގެ ނަތީޖާއިން ފެހެންދޫ މޮޅުވެގެންނެވެ.

މި މެޗުތަކުގެ ނަތީޖާއާއެކު ފެހެންދޫއިން ފައިނަލަށް ދަތުރުުކުރީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ތިން ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މީދޫއިން ފައިނަލަށް ދަތުރުކުރިއިރު، ނައިފަރު މުބާރާތުން ކަޓާފައިވަނީ އެންމެ ޕޮއިންޓަކާއެކު ގްރޫޕްގެ އެންމެ ފުލުގައި އޮވެގެންނެެވެ.

މީދޫއާއި ފެހެންދޫ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު ހަވީރު ނައިފަރު ފުޓުބޯޅަ ދަނޑުގައެވެ. މިއީ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި މި ދެ ޓީމު މުބާރާތުގެ ޒޯން ބުރުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޒޯން ބުރުގައި ކުރިން ވެސް ވާދަކޮށްފައިވާ ނައިފަރަށް މިހާތަނަށް މުބާރާތުގެ ޒޯން ބުުރަށްވުރެ ދުރަށް ދަތުރުކުރެވިފައެއް ނުވެއެވެ.
ޒޯން ބުރު ކާމިޔާބުކުރާ ޓީމުތައް މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާނެއެވެ.
މިއަދު އޮންލައިން