ޒޯން 2 ގައި މާޅެންދޫ ކޮޅަށް 7 ލަނޑު ޖަހައި ފޯކައިދޫ ޗެމްޕިއަންކަމާ ގާތަށް

ކިޔުމަށް ހޭދަވާނީ 43ސ
ޒޯން 2 ގައި މާޅެންދޫ ކޮޅަށް 7 ލަނޑު ޖަހައި ފޯކައިދޫ ޗެމްޕިއަންކަމާ ގާތަށް
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ޒޯން ބުރުގެ ޒޯން 2 ގައި ނ.މާޅެންދޫ ކޮޅަށް 7 ލަނޑު ޖަަހައި ށ.ފޯކައިދޫއިން ފަސޭހަކަމާއެކު ފުރަތަމަ ލެގު ކާމިޔާބުކޮށްފިއެވެ.

މާޅެންދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުން ފޯކައިދޫއިން މޮޅުވީ 1-7 ގެ ނަތީޖާއިންނެވެ. މުޅި މި މެޗު ޑޮމިނޭޓް ކުރި ފޯކައިދޫއިން ކާމިޔާބުކުރި ހަތް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޔޫކްރެއިން ކުޅުންތެރިޔާ ރަޑިއަނޯވް ޔެވެންގެވެ.

ޒޯން ބުރުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ފޯކައިދޫގެ ދަނޑުގައެވެ. ޒޯން 2 ގެ ޗެމްޕިއަންކަން ލިބޭނީ ކުޅޭ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދައި ޓީމަކަށެވެ. ބޮޑު ތަފާތަކުން ފުރަތަމަ ލެގު ކާމިޔާބު ކުރެވުމުން ފޯކައިދޫއިން ވަނީ ޒޯން ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފައެވެ.

މިއަދު އޮންލައިން