މިރޭ ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗުގައި 7-0 ގެ ބޮޑު ތަފާތަކުން ބޫޓާން ބަލިކޮށް ރާއްޖެ ކުރި ހޯދައިފިއެވެ.
ރާއްޖޭގައި ކުޅުނު މިމެޗުގައި ރާއްޖެއިން ޖެހި 7 ލަނޑުގެތެރެއިން 4 ލަނޑު ޖަހާފައިވަނީ ނާއިޒް ހަސަން (ދާދު) އެވެ. ދާދު އަކީ ސިންގަޕޫރާ ދެކޮޅަށް ހުކުރު ކުޅުނު މެޗުގެ ސްކޮޑުން ވެސް ޖާގަ ނުދީ ބާކީކޮށްފައިވާ ކުޅުންތެރިއެކެވެ.
ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ވަކިކޮށްފައެވެ. ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ވަނީ ރިޓަޔާކޮށްފައެވެ.
މިރޭގެ މެޗާއިއެކު ރާއްޖެއިން އޭޝިއަން ކަޕް ކޮލިފައިން ނިންމާލާފައިމިވަނީ 6 ޕޮއިންޓާއިއެކު 3 ވަނައިގައި އޮވެއެވެ. މި ގްރޫޕުގެ 1 ވަނަ ފަލަސްތީން ހޯދިއިރު 2 ވަނަ ހޯދީ އޮމާނެވެ. ރާއްޖެއަށް 3 ވަނަ ލިބުނީ ބޫޓާނާއިއެކު ކުޅުނު 2 މެޗުން މޮޅުވުމުންނެވެ.