ބޮޑު ތަފާތަކުން އިކޮނޮމިކް ޑިވެލޮޕްމަންޓް ޓީމް ބަލިކޮށް ޕޮލިސް ކުލަބު ދެވަނަ ބުރަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ބޮޑު ތަފާތަކުން އިކޮނޮމިކް ޑިވެލޮޕްމަންޓް ޓީމް ބަލިކޮށް ޕޮލިސް ކުލަބު ދެވަނަ ބުރަށް
ކުލަބު މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކުލަބު ކުޅުނު ދެވަނަ މެޗުގައި ބޮޑު ތަފާތަކުން އިކޮނޮމިކް ޑިވެލޮޕްމަންޓް ޓީމުގެ ބަލިކޮށް ޕޮލިސް ކުލަބުން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އިއްޔެ މާފަންނު ސްޓޭޑިއަމް މިނީ ދަނޑުގައި ކުޅުނު މިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ އިކޮނޮމިކް ޑެވެލޮޕްމަންޓްގެ ޓީމާ ވާދަކޮށް 17-0 ގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގައި ޕޮލިސް ކުލަބުން ޖެހި 17 ލަނޑުގެ ތެރެއިން 7 ލަނޑު ޕޮލިސް ކުލަބަށް ކުޅޭ ނޭޕާލް ކުޅުންތެރިޔާ ސަބްރިތާ ޖަހައިދިންއިރު ނޭޕާލްގެ އަނިތާވަނީ 3 ލަނޑު ޖަހައިދީފައެވެ. އަދި ފަދުވާ ޒާހިރު މިމެޗުގައި 4 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު ސަންފާ އިބްރާހިމް އާއި ފާތިމަތު ޒާހިރާ އަދި ފާތިމަތު ސާއިނާ މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ލަނޑެއް ކާމިޔާބުކޮށްދީފަވެއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މިމެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްދިން ސަބްރިތާއެވެ.

ޕޮލިސް ކުލަބު ދެވަނަ ބުރުން ޖާގަހޯދީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކުއެވެ. ޕޮލިސް ކުލަބު ހިމެނޭ ގުރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަހޯދީ ވެމްކޯއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން