މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) އަށް އައްޔަނު ކުރުމަށް، ޗެނަލް 13 ގެ ނިއުސް ހެޑް އަމްޖަދު ވަހީދު އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދު ހަވީރު 16:30 ގައި ކުއްލި ގޮތަކަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ބްރޯޑްކޮމް އަށް އަމްޖަދު އައްޔަނު ކުރަން ފެންނަކަމަށް ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 36 މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. އިދިކޮޅު އެއްވެސް މެންބަރަކު މިއަދުގެ ޖަލްސާގައިވެސް ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.
ބްރޯޑްކޮމް އަށް މިއަދު އައްޔަނު ކުރެވުނު ޗެނަލް 13 ގެ ނިއުސްހެޑް އަމްޖަދު ވަނީ މީގެކުރިން ދިޓީވީ އާއި ވީޓީވީ ގައި ވެސް މަސައްކަތް ކޮށްފައެވެ.