ލީސެލް ހަތިޔާރު ބޭނުންކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ "ހަތިޔާރު ބޭނުންކުރުމާ ގެންގުޅުމުގެ ޤަވާއިދު"ގައިވާ ގޮތާއި ޚިލާފަށް ބައެއް ޙާލަތްތަކުގައި ޕެޕަރސްޕްރޭ ބޭނުންކޮށްފައިވާ ކަމާއި އެއްވުންތައް ރޫޅާލުމުގައި ބައެއް ފަހަރު ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަން އެނގޭކަމަށް ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން މިކަންކަން ހާމަކޮށްފައިވަނީ މިއަދު ނެރެފައިވާ އެކޮމިޝަނުގެ ބަޔާނެއްގައެވެ.
އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާކަމާއި ފުލުހުންނާއި ޢާންމުންވެސް ބޭ އަދަބީ ބަސްތައް ބޭނުންކުރާ ކަމާއި ބައެއް މީހުން އެއްވުންތަކަށް ކުޑަކުދިން ގެންދާކަންވެސް އެ ކޮމިޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެއްވުންތަކުގެތެރެއިން ފުލުހުން ހައްޔަރުކުރުމަށްފަހު އަނިޔާކޮށްފައިވާ 6 މައްސަލައެއް ބަލަމުން ގެންދާ ކަމަށާއި އެއިގެ ތެރެއިން 3 މައްސަލައެއް ބަލަނީ އެކޮމިޝަނުން އިސްނަގައިގެން ކަމަށްވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އެޗްއާރުސީއެމްގެ ބަޔާން