އެޗްއާރުސީއެމްގެ އަންހެން މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ އިތުރުކުރަން ނިންމައިފި

ކިޔުމަށް ހޭދަވާނީ 58ސ
އެޗްއާރުސީއެމްގެ އަންހެން މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ އިތުރުކުރަން ނިންމައިފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ އިތުކުރަން އެ ކޮމިޝަނުން ނިންމައިފިއެވެ.

އެޗްއާރުސީއެމްއުން މިއަދު ނިންމާފައިވަނީ އެ ކޮމިޝަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށެވެ. މިހާތަނަށް އަންހެން މުވައްޒަފަކު ވިހެއުމާ ގުޅިގެން އެ ކޮމިޝަނުން ދެނީ ތިން މަސް ދުވަހުގެ ޗުއްޓީއެކެވެ.

މީގެ އިތުރުން ވިހައިގެން އުޅޭ އަންހެން މުވައްޒަފުންނަށް ގާތުން ކިރު ދިނުމަށް ދޭ ބްރޭކްގެ މުއްދަތު އިތުރުކުރަން ވެސް އެޗްއާރުސީއެމްއުން ވަނީ ނިންމާފައެވެ. ވިހައިގެން އުޅޭ އަންހެން މުވައްޒަފުންނަށް ދޭ އަހަރު ދުވަހުގެ މި ބްރޭކް އިތުރުކުރަން ނިންމާފައިވަނީ ދެ އަހަރު ދުވަހަށެވެ.

އެޗްއާރުސީއެމްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ވިހެއުމުގެ ޗުއްޓީތައް އިތުރުކޮށް އެ ކަނބަލުންނަށް އިތުރު ލުޔެއް ދިނުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާއިރު، މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން އަންހެނުންގެ ދުވަސް ފާހަގަކުރާ ދުވަހެވެ.
މިއަދު އޮންލައިން