ހުޅުމާލެއިން އައިޔޫއެމް ގަތް ބިން ޙަވާލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ހުޅުމާލެއިން އައިޔޫއެމް ގަތް ބިން ޙަވާލުކޮށްފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޤްފް އިމާރާތް އެޅުމަށްޓަކައި ހުޅުމާލެއިން ގަތް ބިން މިއަދު އެޔުނިވަރސިޓީ އާއި ހަވާލުކޮށްފިއެވެ.

ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ 6 މިލިއަން ރުފިޔާއަށް އިސްލާމީ ޔުނިވަރސިޓީން ގަތް ބިމުގައި 7 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އުންމީދަކީ ދޮޅު އަހަރެއްހައި ދުވަސްތެރޭގައި މަސައްކަތް ނިންމެވުން ކަމަށެވެ.



"ސަނާބިލް- މިއިމާރާތަށް ދީފައިވާ ނަމަކީ. މިއީ ވަޤްފް އިމާރާތެއް. އެ އިމާރާތް ކުއްޔަށް ދީގެން ލިބޭ ފައިސާ ޖަމާކުރެވޭނީ އިސްލާމީ ޔުނިވަރސިޓީގެ ފަންޑަށް." ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މިސްކިތު ފަންޑަށް ފައިސާ ހޯދުމަށް މާލޭގައި އިމާރާތްކޮށްފައިވާ "ދާރުލް އީމާން" 10 ބުރީގެ ވަޤްފް އިމާރާތް ބިނާ ކުރެއްވުމުގެ މަސައްކަތް ފެށްޓެވީވެސް އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައިގެން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

އެ އިމާރާތަށް ބޭނުންވާ ފައިސާގެ ބޮޑުބައެއް އެމަނިކުފާނު ވަނީ ހިލޭ އެހީގެ ގޮތުގައި ހޯއްދަވައިފައެވެ. އިމާރާތް ނިންމުމަށް އިތުރަށް ބޭނުންވި ފައިސާ ޚަރަދުކޮށްފައިވަނީ ދައުލަތުގެ ބަޖެޓުންނެވެ.
މިއަދު އޮންލައިން