ހުޅުމާލޭގައި 14 ބުރީގެ ޓަވަރެއް އަޅާނެ ބަޔަކު އިސްލާމިކް ޔުނިވާސިޓީއިން ހޯދަނީ

ކިޔުމަށް ހޭދަވާނީ 55ސ
ހުޅުމާލޭގައި 14 ބުރީގެ ޓަވަރެއް އަޅާނެ ބަޔަކު އިސްލާމިކް ޔުނިވާސިޓީއިން ހޯދަނީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ބިމުގެ ސަރަހައްދުގައި 14 ބުރީގެ ޓަވަރެއް އަޅާނެ ބަޔަކު ހޯދަން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން މިއަދު އިއުލާންކޮށްފިއެވެ.

އިސްލާމިކް ޔުނިވާސިޓީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޓަވަރު އަޅަނީ 19369 އަކަފޫޓުގެ ބިމެއްގައިކަމަށާއި ޓަވަރު އަޅަން ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.

80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި ހިންގާ 'ހިޔާ' މަޝްރޫއުގެ ދަށުން 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފައެވެ. ޓަވަރުތައް އަޅަން ނިންމާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ 240 ހެކްޓަރުގެ ބިމުގެ ސަރަހައްދުގައެވެ.

ބައެއް ޓަވަރުތައް އަަޅަން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ ޓަވަރު އަޅާނެ ބަޔަކު ހޯދަން އިއުލާންކުރަމުންނެވެ. އޭގެ ތެރޭގައި، އެމްޕީއެލް، ކަސްޓަމްސް، އެމްޓީސީސީ، ވެމްކޯ، ސްޓެލްކޯ، ޤައުމީ ޔުނިވާސިޓީ، އައިލެންޑް އޭވިއޭޝަން، އަދިވެސް ގިނަ ކުންފުނިތައް ހިމެނެއެވެ.
މިއަދު އޮންލައިން