ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި، ކައުންސިލްތަކުގެ ދައުރު މިހާރަށް ވުރެ ފުޅާ ކުރަން ޖެހޭ ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިފަދަ ފަރާތްތަކުގެ ހާލު ޤަވާޢިދުން ބެލޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އަދިއެފަރާތްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ދައުލަތުގެކަމާގުޅުންހުރި މުވައްސަސާތަކާއެކު މަސައްކަތްކުރުމަށް އެ ކޮމިޝަނުން ވަނީ ކައުންސިލްތަކަށް އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން އެ ކޮމިޝަނުން ވަނީ ނުކުޅެދުންތެރިކަންހުންނަ މީހުންނަކީ މުޖުތަމަޢުގެ ބައެއްގެ ގޮތުގައި ހެދުމަށް ދައުލަތުންމިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، 'އެއްވެސް މީހަކުބާކީ ނުކުރާ ސިޔާސަތު'ގެ ތެރެއިން ޙައްޤުތައް ލިބިގަތުމުގައިނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލުމަށްބޭނުންވާ އެންމެހާ ވަސީލަތްތައް މިހާރަށް ވުރެ އިތުރުކުރުމަށްވެސް އިލްތިމާސް ކޮށްފައެވެ.
މިއަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވަނީ ‘Transformation towards sustainable and resilient for all” ނުވަތަ "އެންމެންގެ ޝާމިލުވުން ހިމެނޭ ދެމެހެއްޓެނިވި އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ކުރުން" މިއެވެ.