ޢަބްދުﷲ ގެ މަރުގެ މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 2ސ
ޢަބްދުﷲ ގެ މަރުގެ މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ
ސިޔާސީ މުޒާހަރާތަކުގެ ތެރެއިން 2015 ވަނަ ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމުގައިވާ "މޭޑޭ" މުޒާހަރާގައި، ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ޖަލަށްލީ ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ތަހުޤީޤު ކުރަން ފަށައިފިއެވެ.

އެކަން ކަށަވަރު ކޮށްދެއްވަމުން އެކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރު ހައްވާ ވަޖުދާ ވިދާޅުވީ ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ފެށީ އެކޮމިޝަނުން އިސް ނަގައިގެން ކަމަށެވެ.

އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި ގިނަ ތުހުމަތުތަކެއް ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަށް އަމާޒު ވެފައެވެ. އެގޮތުން އަބްދުﷲ ރަޝީދުގެ ބޭސް ފަރުވާއާއި މެދު އިހުމާލުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ. މީގެ އިތުުރުން އިދިކޮޅު ފަރާތްތަކުން ވެސް ދަނީ، އަބްދުﷲ ރަޝީދުގެ މަރާއި މެދު މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާފައެވެ.

އާއިލާއިން ބުނި ގޮތުގައި ހައްޔަރު ކުރި އިރު ޢަބްދުﷲ ރަޝީދަކީ އެއްވެސް ބައްޔަކަށް ފަރުވާ ކުރަމުން އައި މީހެއް ނޫނެވެ. އޭނާއަކީ ސިއްޙަތު ރަނގަޅު ޖާނުން ވަރުގަދަ މީހެއް ކަމަށާއި އޭނާގެ ބަލިބޮޑުވީ އެކަން އެކި ފަހަރު މަތިން އެންގުމުން ވެސް އަޅާނުލުމުން ކަމަށް ވެސް ޢަބްދުﷲ ރަޝީދުގެ އާއިލާއިން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން