ޑިލޭ ޔުނިޓް ބަހައްޓަން ޖެހޭ ގޮތަށް ބްރޯޑްކޮމް ގެ ޤަވައިދު ބަދަލު ކުރަނީ

ކިޔުމަށް ހޭދަވާނީ 53ސ
ޑިލޭ ޔުނިޓް ބަހައްޓަން ޖެހޭ ގޮތަށް ބްރޯޑްކޮމް ގެ ޤަވައިދު ބަދަލު ކުރަނީ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ ޤަވައިދުތައް ބަދަލު ކުރުމުގެ ދެލި ކޮޕީއެއް އެކުލަވާލައިފިއެވެ. އަބުރު ގެއްލޭފަދަ ކޮންޓެންޓެއް ބްރޯޑް ކާސްޓް ނުކުރެވޭ ގޮތަށް ސެންސަރު ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި، ލައިވް ކުރާ އިވެންޓުތައް ހިނގަމުންދާ ވަރަށް ވުރެ ލަހުން ދެއްކޭނެ އިންތިޒާމު، ބްރޯޑްކޮމްގެ އާ ޤަވައިދުގައި އެކުލަވާލާފައިވެއެވެ.

ބްރޯޑްކޮމް އިން މިހާރު އާއްމުކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ ޤަވައިދުގެ ދެވަނަ ދެލިކޮޕީގެ 33ވަނަ މާއްދާގައިވާ ގޮތުން ބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ލިބޭތާ 90 ދުވަސް ތެރޭގައި ޑިލޭ ޔުނިޓް ގާއިމް ކުރަންވާނެއެވެ. އަދި އެޔުނިޓް ގާއިމް ކުރަންވާނީ ބްރޯޑްކޮމް އިން ދޭ ސްޕެސިފިކޭޝަންސްތަކާއި އެއްގޮތަށް ކަމަށް ވެސް އާ ޤަވައިދުގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގެ ދެވަނަ ދެލިކޮޕީ އެކޮމިޝަނުން އާއްމުކުރީ ޤަވައިދަށް ޚިޔާލު ހޯދުމަށެވެ.
މިއަދު އޮންލައިން