ފުލުހުންގެ މަރުކަޒަށް މިއަދު ހާޒިރު ކުރެވުނު އެއް މެންބަރަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ. ފުލުހުންގެ މަރުކަޒުން ނުކުމެވަދައިގެން ދެއްކެވި ވާހަކަފުޅު ވަރަށް ތަފާތެވެ.
"އެބޭފުޅުން ވިދާޅުވި ހުއްދަ ނޫންތަނަކަށް އަޅުގަނޑު ޤަވާއިދާއި ޚިލާފަށް ވަން ވާހަކަ. އަޅުގަނޑު ހަމަ ހަނދާންކޮށްކޮށް ވެސް ހުއްދަ ނޫން ތަނަކަށް އަދި ޤަވާއިދާއި ޚިލާފަށް ވަދެވުނީ ކޮންތަނަކަށްކަން ހަނދާނެއް ނުވި."
"އެބޭފުޅުން ވިދާޅުވި ފުލުހުންގެ ސަފުތަކެއް ފަޅާލާފައި އަޅުގަނޑު ވަން ވާހަކަ. މިހިރީ އަޅުގަނޑު ހުރި ގޮތް. އަޅުގަނދަކީ ބަނޑުމުސާރައަށް ބައްދަން ތަމްރީނު ހޯދައިގެން ހުރި މީހެއް ނޫން. ފުލުހުންނަކީ އެފަދަ ތަމްރީނުތައް ކޮންމެ ދުވަހަކު ހަދަމުން ގެނދާ ބައެއް. އަޅުގަނޑު ކިހިނެއްތޯ އެފަދަ ފުލުހުންގެ ސަފުތައް ފަޅާލާނީ؟"
އަސްލަމަށްވެސް ފުލުހުން ވަނީ ވަކީލަކާއި ހާޒިރުވުމުގެ ފުރުޞަތު ދީފައެވެ. އަސްލަމް ވިދާޅުވީ މިފަދަ މައްސަލައެއް އިތުރަށް ވާހަކަފުޅު ދައްކަވަން ފަސްޖެހިވަޑައިގަންނަވާ ކަމަށާއި ވަކީލަކު ހަމަޖެހުމުން އިތުރު ތަފްޞީލު ދެއްވާނެ ކަމަށެވެ.
އަސްލަމްގެ އިތުރުންވެސް ބައެއް މެންބަރުން މިއަދު ވެސް ވަނީ ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ވަކީލުންނާއިއެކު ހާޒިރުވުމުގެ ފުރުޞަތުދީފައެވެ.